މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖަކު ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

މިހާދިސާގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މިރޭ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ އަންހެން ކުއްޖާ ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް