ދަރަނބޫދޫގައި ހައިޑްރޮޕޯނިކަސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލާފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ފ. ދަރަނބޫދޫގައި ހައިޑްރޮޕޯނިކަސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ.

އެގޮތުން ‏މި ޕްރޮގްރާމުގެ ދަށުން އެރަށުގެ 10 ފަރާތަކަށް ހައިޑްރޮޕޯނިކްސް ނިޘާމާއި ގްރީންހައުސް، އެ މިނިސްޓްރީގެ އެހީތެރިކަމާއެކު ޤާއިމްކޮށް، ވަނީ ހަވާލުކުރެވިފައެވެ.

އަދި ސިސްޓަމްތައް ލިބުނު ކޮންމެ ފަރާތަކަށްވެސް ފަތްކާ ތަރުކާރީ އިންދުމަށް އެއް ސިސްޓަމާއި މެލަން އިންދުމަށް ސިސްޓަމްއެއް ވަނީ ފޯރުކޮށްދީފައެވެ.

‏މީގެ އިތުރުން، ހައިޑްރޮޕޮނިކްސް ސިސްޓަމް ލިބުނު 10 ފަރާތްތައް ހިމެނޭހެން، ޖުމްލަ 29 ބައިވެރިން ވަނީ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

‏މިފަދަ ހައިޑްރޮޕޮނިކްސް ޕްރޮގެރާމެއް މިއަހަރުގައި އދ.އޮމަދޫގައި ވެސް ވަނީ ފުރިހަމަކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް