މެލޭޝިޔާގައި ކިޔާވާ ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މެލޭޝިޔާގެ ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މެލޭޝިޔާގައި މަތީ ތައުލީމު ހާސީލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން މެލޭޝިޔާގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންދާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން %6ގެ ޓެކްސް ފައިސާ ނެގުމަށް މެލޭޝިޔާގެ ސަރުކާރުން ނިންމި ނިންމައި މެލޭޝިޔާގެ ސަރުކާރުން ގެނައި މި ބަދަލާއި ގުޅިގެން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މިނިސްޓްރީގެ ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީ/އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި، އެ ޓެކްސް ހިމެނުމުން އެ ފައިސާ ދައްކަމުންދާގޮތަށް އެ ފައިސާގެ އަދަދު ހިމަނައިގެން ފައިސާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިބަދަލާއި ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން މި ބަދަލާއި ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މި ލިންކުން (https://forms.gle/LHwgjTf2V5ZBRAuv5) ހުޅުވޭ ފޯމު ފުރުމަށްފަހު ހުށަހެޅުމުން އެފައިސާ ލޯނެއްގެ ގޮތުފައި ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް