މާޅޮހުގައި ހިނގި އަނިޔާވެރި މަރާ ގުޅިގެން އެ ރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަން ފަށައިފި

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ދިން ޒަހަމްތަކާ ގުޅިގެން އެމީހާ މަރުވި މައްސަލައާ ގުޅިގެން އެ ރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

އަބްދުއްރަހްމާންގެ މަރާއި ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތެރިވަމުން އެބަދެއެވެ.

އަދި އެރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަމުން އަންނަ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު ހިންގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 1:50 އެހައިކަށްހާއިރުއެވެ. ނިދާފައިވާ އޮތް އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލާފައި އޮތްވާ ފެނުނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމެވެ. އޭނާ ނިޔާވީ އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްޞީލެއް ފުލުހުން ހާމަކޮށްފައިނުވިނަމަވެސް، އެ ރަށުގެ މީހުންނާ ޙަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުންނަމަ، އެމީހާގެ ބޮލަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް