ހުޅުމާލޭގެ ޗައިނާ ފުލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިކަން ހާމަކޮށް މޯލްޑިވްްްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގެ ފޭސް 1 ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ރޯވެފައިވާ ކޮޓަރިތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި އެޕާޓްމަންޓްގެ ކޮޓަރިއަށް ވަނީ ބޭނުންނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ.

އެމްއެންޑީއެފް އިން މައުލޫމާު ދިންގޮތުގައި 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް ރޯވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް