"އުފާވެރި ރާސްތާ" ޕްރޮގްރާމް ކ. ގުޅީގައި ކުރިއަށް ގެންގޮސްފި
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ކ.ގުޅީގައި ކުރިއަށް ގެންގޮސްފިއެވެ. އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުރިއަށްގެންދާ އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވުމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް