މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް 65 އަހަރުގެ މީހަކަށް ބޮޑެތި އަނިޔާތަކެއް ދިނުމާގުޅިގެން ނިޔާވެއްޖެ

އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމާގުޅިގެން، ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުންދާކަމުގެ މަޢުލޫމާތު ރޭ ދަންވަރު 01:50 ހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އެމީހާ އަށް ފަރުވާދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުލްރަހީމް އާދަމް (65އ) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފްޞީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށާއި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއްވެސް އެ ރަށަށް ދިއުމަށް ދަތުރުފަށާފައިވާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް