މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް 4 ބިން ކުއްޔަށް ދޫކުރުމުގެ ފުރުސަތު މ. މުލަކަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން މައުލޫމާތު ދިންގޮތުގައި މަސް ކައްކާ ހިއްކުމާ މަހުގެ އެކި ބާވަތްތަކުން ވިޔާފާރީގެ މަސައްކަތް ކުރުމަށް 10 އަހަރު ދުވަހުގެ މުއްދަތަށް ޕްރޮޕޯސަލް އުސޫލުން ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖުލައި 24 ވަނަ ދުވަހު ބިޑް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަދި މީގެ އިތުރުން އިކޮނޮމިކް މިނިޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް  އޮންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެނައުމުން ބައިވެރިވެނޭ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް