ހުޅުމާލޭގައި ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމޭލެ ފޭސް 1 އެއްގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 1 އެއްގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިއަދު މެންދުރު 14:16 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ބަންގްލަދޭޝް މީހެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކަށްކަމަށާއި، އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އަދި އެކްސިޑެންޓު ވި ސައިކަލު މިހާރު ޓޯ ކޮށްފައިވާކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް