ރައީސް ވިދާޅުވީ، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށާއި އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، އެފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ. ޤައުމީ ކުތުބުޚާނާއަކީ، 1940 ގެ އަހަރުތަކުގެ ތެރޭގައި ޤާއިމުކުރި ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުން މިދަނީ ޤައުމީ ކުތުބުޚާނާއަށް 80 އަހަރު ފުރޭ ދުވަހެވެ.ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރަން. ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް. ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި… pic.twitter.com/9XihA12pmX
— Dr Mohamed Muizzu (@MMuizzu) July 12, 2025

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ފަޚުރުވެރި 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




