ގައްދޫއިން ފުރައިގެން ގަމަށް ޑިންގީއެއްގައި ދިޔަ 75 އަހަރުގެ މީހެއް ގެއްލިގެން ހޯދަން ފަށައިފި

ގދ. ގައްދޫއިން ފުރައިގެން ގދ. ގަމަށް ޑިންގީއެއްގައި ދަތުރުކުރި75 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު9:30 އެހައިކަންހާއިރު، ގދ. ގައްދޫ އިން ފުރައިގެން ގދ. ގަމަށް ދިޔަ ޑިންގީއެއްގައި ދަތުރުކުރި75 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ވެފައިނުވާ މައްސަލައެއް މިއަދު ހަވީރު5:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން، ހެނދހުނު11:15 އެހާކަންހާއިރު އެމީހާ ގަމުން ފުރާފައިވާކަމަށް މަޢުލޫމާތު ލިބޭ ކަމަށާއި، އެމީހާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެމީހާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފް ސަދަން ރީޖަންގެ ކޯސްޓު ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރާކަމަށާއި، ގަމާއި ކައިރި ފަޅުރަށްތައްވެސް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގެއްލުނު މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް