މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މާލެ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ރީނދޫ އެލާޓް ނެރެފިއެވެ. ރީނދޫ އެލާރޓް ނެރެފައިވަނީ މިރޭ 19:30 އިން ފެށިގެން މިރޭ 23:30 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ބޯކޮށް ވާރޭވެހި ގުރުގުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް