އޯރެޓް ޕްރޮސެސްގެ ދަށުން މޯލްޑިވިއަންއާ އެކު ޗެކް-އިން ސިސްޓަމްގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި
މިނިވަން ދުވަހާ ގުޅުވައިގެން މި މަހު 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގ އައު ޓާމިނަލްގެ މިހާރު ކުރިއަށްދާ އޯރެޓް ޕްރޮސެސްގެ ދަށުން މިއަދު މޯލްޑިވިއަންއާ އެކު ޗެކް-އިން ސިސްޓަމްގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕެސެންޖަރު ޓާމިނަލުން ދަތުރުކުރާ ފުރަތަމަ އެއަރލައިންގެ ގޮތުގައި، މޯލްޑިވިއަންއާއެކު ކުރިއަށްގެންދާ މި ޓްރަޔަލްތަކުގެ ސަބަބުން، ޓާމިނަލް ހުޅުވުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ދަތުރުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެ އެއާޕޯޓުގެ އާ ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހިމެނޭހެންކަމަށްވާއިރު، އެ ޓާމިނަލްގައި އެއިރޯ ބޯޑިން ބުރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް