ސީއެސްސީން ކުރިއަށް ގެންދާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަށް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހަރުދަނާ ކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ދިޔައީ އިިއްޔެ ހަޔަރ އެޑިޔުކޭޝަން މިނިސްްރީގައެވެ. މި ބައްދަލު ކުރެއްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަށް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެކަށީގެންވާ ސްކިލްސް ނީޑް އެނަލިސިސްއެއްގެ މައްޗަށް އެފަދަ ތަމްރީން ޕްރޮގްރާމްތައް ބައްޓަން ކުރުން މުހިންމު ކަމަށް ވަޒީރު ފާހަގަ ކުރައްވާފައެވެ. އަދި ވަޒީރު ވަނީ ދާދި ފަހުން ވުޒާރާއިން ކުރިއަށް ގެންގޮސްފައިވާ "ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" އިން ފާހަގަ ކުރެވުނު މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ވެސް ސިވިލް ސަރވިސް ކޮމިޝަނާއި އެކު ވަނީ ހިއްސާ ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް