ޕީއެސްއެމް ލޯގޯ ބޭނުންކޮށްގެން ބެޓިންގ ސައިޓްތައް އިޝްތިހާރުކުރާ މައްސަލައެއް ބަލަން ފަށައިފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ލޯގޯއާއި ބްރޭންޑް ބޭނުންކޯށްގެން ބެޓިންގެ ސައިޓްތައް އިޝްތިހާރުކުރާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުން އެކަން ތަހުގީގުކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޕީއެސްއެމް ލޯގޯއާއި ބްރޭންޑް ބޭނުންކޮށްގެން ބެޓިންގ ސައިޓް ތައް އިޝްތިހާތުކުރުމަށް އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ވީޑިއޯއާއި އޯޑިއޯ އުފައްދައި އެ ދައުރުކުރަމުން ގެންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި އެކަން ފުލުހުން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް