ފެނަކައިގެ އައު ޗެއާމަނަކަށް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް ހަމަޖައްސައިފި

ފެނަކަ ކޯޕަރޭޝަނުގެ އައު ޗެއާމަނަކަށް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް އާދަމް ހަމަޖައްސައިފިއެވެ.

ފެނަކައިގައި މީގެ ކުރިން އެ ކުންފުނީގެ ޑިރެކްޓަރުކަން ކުރައްވާފައިވާ ޝާމް، އެ މަޤާމަށް ހަމަޖެއްސުމާއެކު ފެނަކައިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފެނަކައިގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރަން ނިންމީ މި ސަރުކާރުންނެވެ. އެއާއެކު ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން ސަރުކާރުން ނިންމިއެވެ.

އެ ކަމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަނަކަށް, އެސްޓީއޯގެ ޗެއާމަން ޝިމާދު އިބްރާހީމް އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައެވެ.

އެހެން ނަމަވެސް އޭގެ ފަހުން މިިދޔަ ނޮވެންބަރުގައި އެސްޓީއޯއިން ވަނީ، ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލައިފައެވެ.

ފެނަކައިން ވަނީ ޝިމާދު އެކުންފުންޏަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް