ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނަން: ވަޒީރު

މެލޭޝިޔާގެ ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އެ ޤައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން މިމަހުން ފެށިގެން ނަގަން ފަށާފައިވާ ޓެކްސް ފައިސާ، އެކަމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓްއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށާއި މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް ވުޒާރާއިން މިހާރު ކުރަމުން އަންނަ ކަމަށާއި އަދި ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެކަމަށެވެ.

ހަމައެއާއެކު، މެލޭޝިޔާއިން ތަޢާރަފުކުރި ޓެކްސްއާ ގުޅިގެން ދިވެހި ދަރިވަރަކު އިތުރަށް ފައިސާ ދައްކަންޖެހޭނަމަ، އެ ފައިސާވެސް ސަރުކާރުން ދައްކައިދޭނެކަމަށާއި ދަރިވަރުން އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް