5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ. އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތެއް ހިންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ،ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތްތަކެއްކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތްތަކުގައި ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރުގަސްވެސް މި އަތޮޅުތަކުގެ ރަށްތަކަށް ހަދިޔާކުރެވުނެވެ.

މި ޕްރޮގްރާމްގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމެއް ވަނީ މ. އަދިރ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ގަސް އިންދުމުގެ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައެވެ.

މިގޮތުން، މި ދެ އަތޮޅުގެ ކޮންމެ ރަށަކަށް އާންމުކޮށް ރަށްރަށުގައިހެދޭ 50 ގަހާއި، ހާއްސަކޮށް ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް ހަދިޔާކުރެވިގެން ދިޔައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީލަންކާސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާ ކުރައްވާފައިވާގަސްތަކެކެވެ. މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާއިއެކު،ރިސޯޓުތަކަށް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 2 ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

މިހާތަނަށް މ، ލ، އަދި ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެއަރޕޯޓް ހުރިރަށްތަކަށްވެސް ހައިވަކަރު ގަސްތައް ވަނީ ހަދިޔާ ކުރެވިފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިންދަނީ ކުރަމުންނެވެ. ހައިވަކަރު ގަސްތަކަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާގަސްތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް