ދުނިޔޭގެ ކަލިނަރީ އެވޯޑްސްގައި ދިވެހިރާއްޖެ ތިން ދާއިރާއެއް ނޮމިނޭޓްވެއްޖެ

2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަލިނަރީ އެވޯޑްސްގައި ތިން ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނާގޮތުންނަމަ ރާއްޖެ ނޮމިނޭޓްވެފައިވަނީ ތިރީގައިވާ ދާއިރާތަކުންނެވެ.

  1. ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޮ ހެރިޓޭޖް ކުއިޒިން 2025
  2. އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025
  3. އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން 2025 (މާލެ ސިޓީ)

މި ދާއިރާތަކުން ރާއްޖެ ނޮމިނޭޓްކުރެވެފައިވާކަމީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް