ގައިދީންނަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމާއި ގުޅޭ ކޯހެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް ހާއްސަކޮށް ކުރިއަށް ގެންދާ  "ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ" ކޯހުގެ އަށް ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި، މި ކޯސް ކުރިއަށްދާނީ ފަސް ހަފުތާއަށެވެ. މި ކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމާއި މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.

10 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ.

އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް