އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު ޢާންމުކުރާގޮތަށް ނިންމައިފި

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު އާންމުކުރާގޮތަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ކައުންސިލުތައް ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގުޑް ގަވަރނެންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދޭނެ ކަމަށް ވެސް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގުޑް ގަވަރނެންސް އަދި ޓްރާންސްޕޭރެންސީ ކަށަވަރުކޮށް ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ، އަދި އެހައިމެ ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް