ވޯލްޑް ހަލާލް ސަމިޓް އެންޑް އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތުރްކިޔޭގެ އިސްތާންބުލްގައި ބާއްވާ 11 ވަނަ " ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި، ބައިވެރިވުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ދަ ޖެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) އިން ވަނީ މި ސަމިޓްގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައެވެ.

އެހެން ކަމުން މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި  މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް،މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް