ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް މިނިވަންދުވަހު ހުޅުވަނީ

ހުޅުމާލެ ފޭސް 1 އެއްގައި ކޮވިޑް ފެސިލިޓީއެއްގޮތުގައި ކުރިން ބޭނުންކުރި އިމާރާތް މަރާމާތްކޮށް އެ އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޚިދުމަތްތައް މިނިވަންދުވަހު ރަސްމީކޮށް ފެށްޓުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

މި ދެ ކޯޓުގެ އިމާރާތްވެސް ހަދާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.

މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފައެވެ.

މި ދެ ކޯޓަށް ޖާގަ ތަނަވަސް އިމާރާތެއް ލިބުމުން މިހާރު ކޯޓުތަކުގައި ނުނިމި ހުރި ގިނަ އަދަދެއްގެ މައްސަލަ ނިންމުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ބެލެވެއެޗެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް