އެމްޓީސީސީ ޓަވަރާއި މެރިން ސައިޓް އިމާރާތާ ދޭތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

މެރީން ސައިޓާއި، އެމްޓީސީސީ ޓަވަރ އިމާރާތާ ދޭތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވައިލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައި ވަނީ މިއަދު 12:58ގައި ކަމަށާއި އަދި މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް