އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފި

ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކޮށްފިއެވެ.

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި މި ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. އެރަށްތަކަކީ؛

  1. ހދ. މަކުނުދޫ
  2. ހދ. ނޭކުރެންދޫ
  3. ހދ. ނޮޅިވަރަމްފަރު
  4. ހދ. ވައިކަރަދޫ
  5. ހއ. ކެލާ
  6. ހއ. އުލިގަމު
  7. ހއ. މޮޅަދޫ
  8. ހއ. ފިއްލަދޫ
  9. ށ. ނަރުދޫ.
  10. ށ. ގޮއިދޫ
  11. ށ. ފޯކައިދޫ

ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލްުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް