ރަސްމީ ދަތުރުފުޅެއްގައި މެޑަމް ސާޖިދާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

އެކަމަނާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކުރައްވައި، ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އެކަމަނާ ވަނީ ހޯއްދަވާފައެވެ. އަދި ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސުވާލުކުރައްވާ، ބައެއް ބަލި މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހާލު ބެއްލެވިއެވެ.

މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި އެކަމަނާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް