ދާންދޫ ގައި އަލަށް އަޅާ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފި

ގއ. ދާންދޫ ގައި އަލަށް އަޅާ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބިން ހަވާލުކޮށްފިއެވެ.

ބިން ހަވާލުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ އާރުޑީސީ އާއިއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާއިރު، މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ނަޒްލީން ނަޖީބެއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ޝިފާއު އަހުމަދެއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ގއ. ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފާއި، ގއ.ދާންދޫ ސިއްހީ މަރުކަޒުގެ ފަރާތުން ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝަރީފް އަބްދުލް ގައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގއ. ދާންދޫ ހޮސްޕިޓަލް އިމަރާތްކުރުމަށް އާރުޑީސީ އާއި ހަވާލުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް