މި ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ދިގުދެމިހުންނާނެ ބޯހިޔާވަހިކަމުގެ ހައްލުތައް ހޯދައިދިނުމަކީ އިސްކަމެއް ދެވޭ ކަމެއްކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ކްލައިމެޓް ޗޭންޖާ ސީ ލެވެލް ރައީޒްއާއެއްކޮށް އަޅުގަނޑުމެން ވިސްނަންއެބަޖެހޭ ވަކި އުސްމިނެއްގަ އިމާރާތްކުރަން ފަށަން. އެކަން ކުރުމަކީ ވަރަށް މުހިންމުކަމެއް. ދައުލަތުގެ އިމާރާތްތައް ކުރާއިރު އަޅުގަނޑުމެން އެކަމަށް ވިސްނާނަން." މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވިއެވެ.
ރާއްޖެތެރެއާއި މާލޭގައި ފެންބޮޑުވުން ފަދަ ކާރިސާތައް ދިމާވުން އާއްމުވެފައިވާއިރު، މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގެދޮރު ހެދުމުގައި މިކަންކަމަށް އިސްކަންދިނުމުގެ މުހިއްމުކަމަށް މިނިސްޓަރ އަލިއެޅުއްވިއެވެ.





