މި ޕްރޮގްރާމުގެ ތެރެއިން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ މަޤްސަދަކީ އިމާރާތްކޮށް، އެއަށް ސަބްސިޑައިޒްކޮށްގެން، އެފޯޑަބަލް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ، އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. އެ އުސޫލުން 5 އިންސައްތަ ޕްރޮފިޓްގައި ލޯނު ސްކީމްތައް ހިންގަވާ ކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. "ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު. އެ އުސޫލުން 5 ޕަސެންޓް ޕްރޮފިޓްގަވެސް އަޅުގަނޑުމެން ލޯނު ސްކީމް މިހިންގަނީ،" މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވިއެވެ.





