ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދަނީ ދޮގު ވާހަކައެއް: ވަޒީރު

ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ހަޤީގަތާ ޚިލާފު ވާހަކައެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަން އޮންލައިންގައި، ހަނިމާދޫ އެއަރޕޯޓް އިންޑިއާގެ އަދާނީ ކުންފުންޏަށް ވިއްކާލުމަށް ސިންގަޕޫރުގައި ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިކަމަށް ބުނެ ލިޔެފައިވާ އާޓިކަލްގެ ފޮޓޯއެއް ހިއްސާ ކުރައްވާ އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ "ބުޙުތާނުދޮގެއް'' ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސަން އޮންލައިންގައި އެ އާޓިކަލް ލިއްޔުއްވާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ހަވާލާދީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް