މުދައްރިސުންނަށް ދިމާވާ ދަތިތައް، ޕޮލިސީ ލެވެލްގައި ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މުދައްރިސުންނަށް ދަތިވާކަންކަން އޮޅުންފިލުއްވައި، ޕޮލިސީ ލެވެލްގައި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މާލޭގެ ބައެއް ސްކޫލްތަކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރިއަށް ދިޔައީ މާލޭގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އާ ދެމެދުއެވެ.

އެގޮތުން، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ވަނީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން-މާލޭގެ މުދައްރިސުންނާ ބައްދަލުކުރައްވާ މުދައްރިސުންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު އޮލޫންފޮލުވާފައެވެ.

ސްކޫލްތަކުގެ މުދައްރިސުންނަށް ދިމާވާ އެކި އެކި ކަންކަން އޮޅުންފިލުވުމަށް މަޝްވަރާ ކުރެވުނު އިރު މުދައްރިސުން ކުރަމުން އަންނަ މަސައްކަތް ބުރަކަން ގިނަ ޓީޗަރުން ފާހަގަކުރައްވައެވެ.އޭގެތެރޭގައި ހަފްތާބަންދުގައި ސްކޫލްގެކަންކަމުގައި ޓީޗަރުން އުޅޭންޖެހުން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް