އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތައް ހިންގަން ނިންމާފައިވާ ރަށްތަކުގައި، އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ފަށައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މައުލޫމާތު ހޯދަނީ ހައުސިންގ ޔުނިޓް އަޅާ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން މިހާރު އިއުލާންކޮށްފައިވަނީ 57 ރަށުގެ ހައުސިންގ ޔުނިޓް އެޅުމަށްކަމަށްވާއިރު، މި ރަށްތަކުގައި 12 ހާސް ހައުސިން ޔުނިޓް އެޅުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ވަނީ އިޢުލާންކޮށްފަ އެވެ. ހައުސިން ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި އާއި ސިޓިން ރޫމެވެ. އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅި ނަމަވެސް މި ޔުނިޓްތައް އަޅައިދެނީ، ތިންކޮޓަރި އާއި ބަދިގެ އަދި ސިޓިނގް ރޫމެވެ.

ސަރުކާރުން ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ އަމިއްލަ މީހުންގެ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެހީތެރިކަން ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގައި މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް އެހީވެދިނުމަށް ސަރުކާރުން ތަނަވަސްކޮށްދޭ ފުރުޞަތެކެވެ.

ބޯހިޔާވަހިކަމާ ގުޅުން ހުރި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ވަނީ ދެ ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް