ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމެންޓު ލިބޭނެ ދުވަސް އެނގޭނެ ސިސްޓަމެއް ޤާއިމުކުރަނީ

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓު ލިބޭނެ ދުވަސް ނޭނގުމުގެ މަސައްލައަށް ހައްލު ހޯދުުމަށް އެޕޮއިންޓު ސިސްޓަމެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފި އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިކަން ހާމަކޮށްފައިވަނީ، އާސަންދަ އަދި އެންސްޕާގެ ވެރިން ހާޒިރުކޮށް، ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލުގެ ބިލުތަކަށް ފައިސާ ދެއްކުން ފަދަ އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އިއްޔެ ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އެގޮތުން، އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިޔުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލު ގްރޫޕުގެ ދަށުން ހިންގާ ހޮސްޕިޓަލުތަކަށް ދައްކާ ބަލިމީހުން ފޮލޯ އަޕަށް ދައްކަން ޑޮކްޓަރުން އެދޭ ނަމަ އެފަދަ ބަލިމީހުންނަށް އިސްކަންދޭ ކަމަށެވެ.

އެގޮތުން ގިނަ ޑިޕާޓަމަންޓުތަކުގައި ފޮލޯއަޕަށް ދައްކާ މީހުންނަށް ތަފާތު ކިއުއެއް އޮންނާނެ ކަމަށާއި ޕޮއިންޓުމެންޓު ލިބޭނެ ދުވަސް ނޭނގުމުގެ މަސައްލައަށް ހައްލު ހޯދުުމަށް އެޕޮއިންޓު ސިސްޓަމެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެ ސިސްޓަމާ އެކު ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު ލިބޭނެ ތާރީހާއި ގަޑި ބަލިމީހާއަށް އެނގޭނެ ކަމަށްވެސް އޭނާވިދާޅުވިއެވެ.

މި އަހަރު ނިމޭއިރު ހުރިހާ ޑިޕާޓްމަންޓަކަށްވެސް އެ ސިސްޓަމަށް ދެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު ޑޮކްޓަރަށް ދައްކަން ރަށްރަށުން މާލެ އަންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް