މިއަހަރުގެ ޖޫންމަހު ގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ޖޫންމަހު ގެ ނިޔަލަށް ރާއްޖެއަށް 1،108،130 ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

މިއީ 2024 ވަަނަ އަހަރާއި އަޅާބަލާއިރު %15 ކުރިއެރުމަކަށްވާއިރު ފާއިތުވި ޖޫން މަހު އެކަނި ރާއްޖެއަށް 141،772 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމު؛

  • ޗައިނާ - 141،162 ފަތުރުވެރިން
  • ރަޝިއާ - 126،780 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 108،371 ފަތުރުވެރިން
  • އިޓަލީ - 86،891 ފަތުރުވެރިން
  • ޖަރުމަނު - 82،188 ފަތުރުވެރިން
  • އިންޑިއާ - 66،501 ފަތުރުވެރިން
  • ފްރާންސް - 35،511 ފަތުރުވެރިން
  • އެމެރިކާ - 34،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 22،929 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 20،788 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ.އަދި
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 858 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް