އެ ސްކޮލަޝިޕްތަކަކީ:
-
އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް)، މެލޭޝިއާގެ އިންސީއީއައިއެފްގައި - ހުރިހާ ހަރަދެއް އެމްއެމްއޭން ދައްކާ ގޮތަށް ކިޔެވޭ ފަސް ފުރުސަތާއި %50 ހަރަދު އެމްއެމްއޭން ދޭ ފަސް ފުރުސަތު
-
އީއެމްއައިއެފް އިން މައިކްރޯ ސާޓިފިކޭޝަން، މެލޭޝިއާގެ އިންސީއީއައިއެފްގައި - ފަސް ފުރުސަތު
-
ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް)، މެލޭޝިއާ - 20 ފުރުސަތު
މެލެޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވަސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި، ދިރާސާާާ ކުރަން ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެއް ކަމަށާއި އަދި ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސް ގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.





