ހުޅުމާލެ ނާދީގައި ކޮންމެ އަންގާރަ ދުވަހެއްގައި އާރޓް ކުލާހެއް ބާއްވާނެ

ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އާރޓް ކްލާހެއް ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ހުޅުމާލެ ނާދީ އާއި އާރޓީ ފިންގާސްއާއި ގުޅިގެން ކުރިއަށް ގެންދާ މި އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގައި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ. މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރެވޭނެއެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް