އިބަމަ ސްޓޭކްހޯލަޑަރ ކޮމިޓީއާއި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި

އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ ހިއްސާދާރު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭހެން އެކުލަވާލާފައިވާ އިބަމަ ސްޓޭކްހޯލަޑަރ ކޮމިޓީއާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވުނު މމިބައްދަލުވުމުގައި އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިމުއައްސަސާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް