ވިލުފުށީ ތެޔޮބޯޓުގައި ރޯވި ހާދިސާގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި

ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބުނު ގޮތިގައި މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޓުގެ ވެރި ފަރާތުގެ އިތުރުން ބިދޭސީއެކެވެ. މީގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައިވަނީ ބޯޓުގެ ވެރި ފަރާތެވެ.

ތެޔޮބޯޓުގައި ރޯވުމާއެކު ހާދިސާގައި ހިމެނޭ ދެ މީހުންވެސް ވިލުފުށީ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައިވާއިރު، ރަށުން ފަރުވާ ދެވެން ނެތުމުގެ ސަބަބުން ވެރި ފަރާތް މާލެ ފޮނުވާލަން ނިންމީއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި އެ މީހާގެ ތެޔޮބޯޓެއްގައި މީގެ ދެ އަހަރު ކުރިންވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައިވާކަމަށްވެއެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:41 ގައި ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް