އައްޑޫ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވުމަށް އެދެފި

އައްޑޫ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެދެފިއެވެ.

މިކަން ހާމަކޮށް އޭއީއެޗްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި އަރިދަފުސް ރޯގާއާއި ފިންފްލުއެންޗާ ފެތުރެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

މިގޮތުން އެ ހޮސްޕިޓަލުން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައްވެސް ބުނެދީފައެވެ. އެއީ:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން.
  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްޞަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތައް ނުގެންދިއުން.
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނުހެދުން.
  • ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު، އަދި މި ފަރާތްތަތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

އޭއީއެޗް އިން ވަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު، ބަލިމީހާ އާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުމަށާއި، ބަލިމީހުންނަށް ޒިޔާރަތް ކުރާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމަށާއި، ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް