ސިންގަޕޫރާ ގުޅިގެން އެކި ދާއިރާތަކުން ރާއްޖެއަށްވެސް ފައިދާ ހޯދިދާނެ: ސިންގަޕޫރުގެ ތިމާވެށީގެ ވަޒީރު

ސިންގަޕޫރުގެ ވަޒީރު ވިދާޅުވީ ސިންގަޕޫރަކީ އަންބަރ ޕްލޭނިންއާއި ބިނާރާއި ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްކަމަށާއި އެ ދާއިރާތަކުން ރާއްޖެއަށްވެސް ފައިދާ ހޯދިދާނެކަމަށް ސިންގަޕޫރުގެ ތިމާވެށްޓާ ބެހޭ ވަޒީރު ފޫ ހައި ޔެއިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއެކު، އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން މަސައްކަތްކުރެވޭނެކަމަށާއި، ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް ދި އެންވަރަޔަމެންޓް މިނިސްޓަރ ފޫ ހައި ޔެއިން ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަށް އެއްގޮތް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއާއި ސިންގަޕޫރަކީވެސް މޫސުމީ ބަދަލުތަކަށް ނާޒުކު، ޤުދުރަތީ ވަޞީލަތްތައް މަދު، އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯއްސާވެފައިވާ ދެ ޤައުމުކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ދަތިތަކުން އަރައިގަތުމަށް ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން ބަައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކޮށް، ވަކާލާތުކޮށްފައިވާކަމަށާއި، އެނޫނަސް އިންވެސްޓްމެންޓްގެ ދާއިރާއިންވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ،

"ރާއްޖޭގެ އެކި ވިޔަފާރިތައް ސިންގަޕޫރުގައި ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލަންޖެހޭ. އެ ގޮތުން 50 ވިޔަފާރިއެއް ޤާއިމުކޮށްފައިވޭ. އަޅުގަނޑު ދަޢުވަތުދެން ސިންގަޕޫރުގެ އިންވެސްޓަރުންވެސް ރާއްޖޭގައި ވިޔަފާރިތަކަށް އިންވެސްޓްކުރަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިންގަޕޫރަކީ އަންބަރ ޕްލޭނިންއާއި ބިނާރާއި ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްކަމަށާއި އެ ދާއިރާތަކުން ރާއްޖެއަށްވެސް ފައިދާ ހޯދިދާނެ ކަމަށާއި އެކަމަށްޓަކައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއާއި އިންވެސްޓްމެންޓްގެ ދާއިރާއިންދެ ޤައުމުން ގުޅުން ބަދަހިކޮށް މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް