ތިލަމާލެ ބްރިޖުގެ %60 މަސައްކަތް ނިމިއްޖެ: ވަޒީރު
މާލެ ސަރަޙައްދުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމުގައިވާ ތިލަމާލޭ ބްރިޖްގެ %60 މަސައްކަތް ނިމިއްޖެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ ޕައިލިންގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިމިފައިވާކަމަށާއި މިއީ ބްރިޖްގެ މުޅި މަސައްކަތަށް ބަލާއިރުވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ޕައިލިންގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާކަމަށެވެ. އެއާއެކު، މުޅި ބްރިޖް މަޝްރޫޢުގެ، 60.84 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް