ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރަމް ފަށައިފި

200 އަށްވުރެ ގިނަ އިންވެސްޓަރުންނާއެކު، ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް ކުރިއަށްގެންދާ "ބިޒްނަސް ފޯރަމް" ސިންގަޕޫރުގައި ފަށައިފިއެވެ.

މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.

މި ބިޒްނަސް ފޯރަމްއަކީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާއިރު މި ފޯރަމްގައި ވަނީ ރައްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކިފަރާތްތަކަށް ވަނީ ހަނދާނީ ފިލާދީފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. މިފަހަރުގެ ފޯރަމްގައިވެސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ކިޔާދޭނެއެވެ. ޚާއްސަގޮތެއްގައި ސަރުކާރުން ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢޫތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.

އިންވެސްޓްމަންޓުގެ މުހިންމު ދާއިރާތަކުގެ ތެރޭގައި:

  • ރަސްމާލެ ތަރައްގީ ކުރުން
  • ގުޅީފަޅު މަޝްރޫޢު
  • ލ، ޕޯޓް އަދި ބަންކަރިން މަޝްރޫޢޫ
  • މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
  • ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
  • ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
  • އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
  • ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
  • ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
  • ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
  • ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
  • އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
  • މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢޫތައް

ރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް އެހެން ސިނާއަތްތަކުން ރާއްޖެ ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަށްވާއިރު، އޭގެތެރޭގައި އެސްއީޒެޑު، މަސްވެރިކަމާއި، ބަންކަރިންފަދަ ދާއިރާތައް ހިމެނެއެވެ.

ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގައި އަންނަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް