މޯލްޑިވިއަންގެ ދަތުރުތައް ސައުތު އެފްރިކާ އަށް ފެށުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ސައުތު އެފްރިކާ އަށް ފެށުމަށް އެޖެންޓުން ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ ސައުތު އެފްރިކާ އަދި ޔޫރަޕަށް ދަތުރުތައް މިއަހަރު ފަށާނެކަމަށާއި، ސައުތު އެފްރިކާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓް، ޖީއެސްއޭއެއް ހަމަޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު އެއްކުރެވިފައިވާ އީއޯއައި ފޯމު ފުރިހަމަކުުރުމަށްފަހު އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިވަޑައިގެންފައެވެ. އަދި ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 4ވަނަ ދުވަހުގެ ރޭގަނޑު 23:59އެވެ.

މޯލްިވިއަންގެ ވައިޑް ބޮޑީ މަިންދާ ބޯޓުން މިހާރު ޗައިނާގެ ތިން މަންޒިލަކަށް ދަތުރުކުރެއެވެ.އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. އެއެއަރލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށެވެ. އަދި ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް