ގުރުއާން ހިތު ދަސްކުރާ 1434 މީހުން މިވަގުތު ރާއްޖޭގައި އެބަތިބި: ވަޒީރު

މިވަގުތު ރާއްޖޭގައި ގުރުއާން ހިތު ދަސްކުރާ 1434މީހުންގެ އަދަދު 1434 އަށް އަރާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މިވަގުތު ގުރުއާން ހިދު ދަސްކުރާ މަރުކަޒުތަކާއި އެތަންތަނުން ހިފްޒުކުރަމުންދާ އަދަދު ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނަކާއި 651 ފިރިހެނެކެވެ.

އެންމެ ގިނަ މީހުން ގުރުއާން ހިތު ދަސްކުރަނީ މާލޭގައި ހުންނަ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައެވެ.އެއީ 424 އެވެ.

ސަރުކާރުން ދާދި ފަހުން ވަނީ ގުރުއާން ހިތު ދަސްކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑު ކުރުމަށް ނިންމާފައެވެ. އެގޮތުން ޖުލައި މަހުން ފެށިގެން އެ އަދަދު ދެހާހުން ހަތަރު ހާހަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް