ހިންނަވަރު އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
ޅ. ހިންނަވަރުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. އާރުޑީސީން މިކަން ހާމަކޮށް އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 291،600ރ. ގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އާރުޑީސީން ދަނީ މީގެ އިތުރުންވެސް ހިންނަވަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް