ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޕާލިމެންޓެރިޒަމް ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއގައެވެ.

އެގޮތުންް ޤާނޫނުހަދާ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ ރާއްޖޭގައިވެސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޕާލިމެންޓެރިޒަމް ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ ޑިމޮކްރަސީ ދެމެހެއްޓުމަށާއި ހެޔޮވެރިކަން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މި ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި މެސެޖުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން އެ މަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައި ވަނީ، ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް