ފަތުރުވެރިކަން ފުޅާކުރުމަށް ކުރުމަށް އިންވެސްޓަރުންނަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް ނިންމައިފި

ފަތުރުވެރިކަން ފުޅާކުރުމާއި ސިންދިފާތު ކުރުމަށް އިންވެސްޓަރުންނަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އެގޮތުން ދީފައިވާ ލުއިތައް ތަފްޞީލްކޮށް ކިޔައިދީފައެވެ.

ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީ (ސ) ގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަޙައްދުތަކުގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށްއުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސަވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މި ލުއިތަކަކީ:

  • ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕަރ ހެކްޓަރ ރޭޓްތައް ވަނީ ކުޑަކުރެވިފައެވެ.

މީގެ އިތުރުން، ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު)، ކްލޯޒް ބިޑިންގ ގެ ދަށުން:

- ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.

- ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.

- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.

- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް ⁦30%⁩ ކުޑަކުރުން.

އަދި، ގަވާއިދު ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު):

- ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
- 6 އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން  1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
  • ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން.
  • ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2022/R-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކުއްޔަށް ދޫކުރާތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުން. އަދި، މި ލުއިތަކުގެ ދަށުން ކުއްޔަށްދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް،އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓޯ މައާފް ކެޓެގަރީއަށްއިތުރުކުރުން.
  • އޯޕަން ބިޑިންގ އަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުން.

މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، މި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

އަދި އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެއެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯއާއި މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުން ކުރައްވާނެ ކަމެއްކަމުގައި ފާހަގަކޮށްފައިވާ ކަމެކެވެ.

މި ލުއިތަކާއެކު ހއ، ހދ، ށ، ތ އަދި ލ އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިންގ، ކްލޯޒް ބިޑިންގ އަދި ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް ހުޅުވާލެވިގެން ދާނެއެވެ.

މިގޮތުން މި ދެންނެވުނު ކޮންމެ އަތޮޅަކުން ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައި ވާނެއެވެ.

އަދި ކޮލޯޒް ބިޑިންގ ގެ ދަށުން،

- ހއ އަތޮޅުން 2 ޕްރޮޖެކްޓް،
- ހދ އަތޮޅުން 5 ޕްރޮޖެކްޓް،
- ތ އަތޮޅުން 3 ޕްރޮޖެކްޓް
- ލ އަތޮޅުން 2 ޕްރޮޖެކްޓް

އޯޕަން ބިޑިންގ ގެ ދަށުން،

- ހއ އަތޮޅުން 3 ޕްރޮޖެކްޓް،
- ހދ އަތޮޅުން 5 ޕްރޮޖެކްޓް،
- ށ އަތޮޅުން 3 ޕްރޮޖެކްޓް
- ތ އަތޮޅުން 2 ޕްރޮޖެކްޓް
- ލ އަތޮޅުން 1 ޕްރޮޖެކްޓް
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަލީ ޝިނާން 7900032 އަށް ގުޅުއްވުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް