ދަރަނބޫދޫގައި ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ފަށައިފި
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިންތިޒާމްކޮށްގެން ފ. ދަރަނބޫދޫގައި ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ފަށައިފިއެވެ. މިކަމުގެ މައުލޫމާތު ހާމަކުރަމުން މިނިސްޓްރީން ބުނީ މިއީ ޖޫންން 23 ން 12 ޖުލައި ށް ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށާއި މި ތަމްރީން ޕްރޮގްރާމަކީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމެއްކަމަށެވެ. މި  ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިންނަށް ހައިޑްރޮޕޮނިކްސް ނިޒާމްތައް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާާތުދެއެވެ. މި ތަމްރީނު ޕްރޮގްރާމް ގައި ކިޔަވައިދެެއްވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ޓެކްނިކަލް މުވައްޒަފުންނެވެ. މިނިސްޓްރީން ވަނީ ރ. މާކުރަތުގައި ވެސް ހައިޑްރޮޕޯނިކްސް އާއި ބެހޭ ތަމްރީން ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ހިންގާފައެވެ. އެއީ އެ ރަށުގެ ދަނޑުވެރިންނާ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގި ޕްރޮގްރާމެކެވެ. އެ ޖުމުލަ 36 ފަރާތެއް ބައިވެރިވި.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް