ރައީސް، ސޭޝެލްސްގެ ރައީސަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެގޮތުން ރައީސްގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުންތައް އެ ޤައުމުގެ ރައީސަށާއި، ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

ރައީސް ވަނީ މިއަދަކީ އުފަލާއި އެއްބައިވަންތަކަމުގެ ދުވަހެއް ކަމުގައި އެދިވަޑައިގެންފައެވެ. އަދި ދެ ޤައުމުގެ އާންމު މަސްލަހަތަރު ހިމެނޭ ކަންކަމުގައާއި ސަރަހައްދީ ސުލްހައާއި ތަނަވަސްކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް