ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ނަމަވެސް ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި މި ހާދިސާގައި އަނިޔާވި ޓީޗަރަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުން ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މަޢުލޫމާތު ލިބޭގޮތުގައި ފަރުވާދެމުންދަނީ އުމުރުން 14 އަހަރާއި 18 އަހަރުގެ ދެ ކުދިންގެ އިތުރުން 49 އަހަރުގެ މީހަކަށެވެ. ސައިކަލް ދުއްވަން ތިބީ ދެ ކިޔަވާ ކުދިންނެވެ. މި ހަތަރު މީހުންނަށްވެސް ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ޓީޗަރާއި ދެ ކުދިން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ޕްރިންސިޕަލުގެ ހާލު ރަނގަޅު ކަމަށް އުނގޫފާރު ހޮސްޕިޓަލުން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް